Loading…
ޚަބަރު

އެމްޕީއެލްގެ ސީއީއޯއަކަށް ޙުސައިން ޝަފީޤް

އެމްޕީއެލްގެ ސީއީއޯއަކަށް ޙުސައިން ޝަފީޤް

އަލްފާޟިލް ޙުސައިން ޝަފީޤް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ބޯޑު މެންބަރުކަމުގެ މަޤާމަށާއި ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމަށް އަލްފާޟިލް ޙުސައިން ޝަފީޤް ޢައްޔަންކުރައްވައިފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވަނީ މިކަން ހާމަކޮށްފައެވެ.

Image

ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ދައުރުގައި މި މަޤާމަށް އެންމެ ފުރަތަމަ ޢައްޔަންކުރެއްވީ ވަޖީހު އިބްރާހީމެވެ. އެއީ 2023ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. ވަޖީހު އިބްރާހީމް އެ މަޤާމުން ވަކިކުރެއްވީ 2025ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައެވެ. އެއަށްފަަހު އެމްޕީއެލްގެ އެމްޑީކަމަށް ވަނީ އައިޖީއެމްއެޗްގެ ކުރީގެ ސީއީއޯ މުޙައްމަދު ރިޝްވާން ޢައްޔަންކޮށްފައެވެ.

ނަމަވެސް ރިޝްވާން ވަނީ މި ހިނގާ އެޕްރީލު މަހުގެ ތެރޭގައި އެ މަޤާމުން އިސްތިއުފާދެއްވައިފައެވެ. އޭނާ އިސްތިއުފާދީފައިވަނީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އަދި ޢާއްމުންގެ ފެންނަ/ނުފެންނަަ ވޯޓުން ސަރުކާރަށް ލިބުނު ނާކާމިޔާބީއަށްފަހު ގިނަ ކުންފުނިތަކެއްގެ ވެރިން މަޤާމުން އިސްތިއުފާދެމުން ދިޔަ ދަނޑިވަޅެއްގައެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.