ފޮއްދޫ ކައިރިން ބަލިވިޔަސް މަގޫދޫ ކުރީ ގަދަ ހިތްވަރެއް!
“ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީ ޓޯނަމެންޓު 2026” އަންހެން ޑިވިޜަންގެ ތިންވަނަ މެޗުގައި މިއަދު ބައްދަލުކުރީ މަގޫދޫ ވޮލީ ޓީމާއި ފޮއްދޫ އެސް.ސީއެވެ. ތަފާތު ރީތި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި 0-3 ސެޓުން މެޗު ކާމިޔާބުކުރީ ފޮއްދޫ އެސް.ސީއެވެ.
މެޗު ފެށިގެންދިޔައީ ފޯރިގަދަ ކުޅުމަކުންނެވެ. މެޗުގެ ފުރަތަމަ ދެ ސެޓު ފޮއްދޫ އެސް.ސީ ކާމިޔާބުކުރި ނަމަވެސް މަގޫދޫ ވޮލީ ޓީމުން ވަނީ ގަދަ ހިތްވަރަކާއެކު ތިންވަނަ ސެޓު ކުޅެފައެވެ. މި ސެޓުގައި މަގޫދޫ ކުޅުންތެރިން ވަނީ ކުޅުން ރަނގަޅުކޮށް ފޮއްދޫއަށް ވާދަވެރިކަމެއް ކުރިމަތި ކުރުވާފައެވެ. ނަމަވެސް ދެ ޕޮއިންޓުގެ ތަފާތަކުން، 24-26އިން މި ސެޓު ވެސް ކާމިޔާބު ކުރީ ފޮއްދޫ އެސް.ސީ އެވެ.
މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައި ވަނީ ފޮއްދޫ ޓީމުގެ 11 ނަންބަރު ލިއުސާ އީސާއެވެ.
މި މެޗުން ބަލިވި ނަމަވެސް މަގޫދޫ ކުޅުންތެރިން ތިބީ ގަދަ ހިތްވަރާއި އުއްމީދާއެކުގައެވެ. އެގޮތުން މަގޫދޫ ޓީމުން މިހާރު ދަނީ ކުރިއަށް އޮތް، ވެލިދޫ އެސް.ސީއާ ބައްދަލު ކުރާ މެޗަށް ތައްޔާރުވަމުންނެވެ. މި މެޗު އޮންނާނީ މާދަމާރޭ 8:30ގައެވެ.
އިޝްތާރާ
ލިޔުމަށް ޚިޔާލު ހުށަހެޅުން