ރ ރަސްގެތީމުގައި، އެކަނި ދިރިއުޅުނު މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ
ރ. ރަސްގެތީމުގައި އެކަނި ދިރިއުޅެމުންދިޔަ 55 އަހަރުގެ ފިރިހެނެއްގެ ޚަބަރެއް ނުވެ ދެ ދުވަސް ވެފައިވާ ކަމުގެ ރިޕޯޓަކާ ގުޅިގެން ފުލުހުން އެ ގެއަށް ވަދެ ބެލިއިރު އެ މީހާ ނިޔާވެފައި އޮއްވައި ފެނިއްޖެއެވެ.
ފުލުހުންނަށް ލިބުނު ރިޕޯޓާ ގުޅިގެން އެ މީހާ ދިރިއުޅޭ ގެއަށް ވަދެފައިވަނީ އެޕްރީލް 26ވަނަ ދުވަހުގެރޭ 21:53 އެހާކަންހާއިރުއެވެ. ނިޔާވެފައި އޮއްވައި ފެނިފައިވަނީ ސޯސަންގެ، ރ. ރަސްގެތީމު، އިބްރާހީމް ޔޫސުފުފުޅު (55 އަހަރު)އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މިހާތަނަށް ބެލި ބެލުމުން އެ މީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއްގެ ނިޝާނެއް ފެނިފައިނުވާ ކަމަށެވެ.
އިޝްތާރާ
ލިޔުމަށް ޚިޔާލު ހުށަހެޅުން