ވިިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީ މުބާރާތް 2026: ފެއާ ޕްލޭ ޓީމަކަށް މަގޫދޫ!
“ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީ ޓޯންމެންޓު 2026” އަންހެން ޑިވިޜަންގެ ފެއާ ޕްލޭ ޓީމަކަށް މަގޫދޫ ވޮލީ ޓީމު ހޮވިއްޖެއެވެ. މަގޫދޫ ޓީމު ވަނީ މި މުބާރާތުގައި ވާދަވެރި، މޮޅު ކުޅުމެެއް ދައްކައިފައެވެ.
މީގެއިތުރުން މަގޫދޫ ޓީމުގެ ކުޅުންތެރިން ވަނީ މުބާރާތުގެ އެހެނިހެން މަޤާމުތައް ވެސް ހޯދައިފައެވެ. އެގޮތުން މަގޫދޫ ވޮލީ ޓީމުގެ ޖާޒީ ނަންބަރު 12، ޝަހީރާ މުހައްމަދު ވަނީ މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ.
އަދި މުބާރާތުގެ އުންމީދީ ކުޅުންތެރިޔާގެ މަޤާމު ހޯދާފައިވަނީ މަގޫދޫ ވޮލީ ޓީމުގެ ޖާޒީ ނަންބަރު 17، މަރިޔަމް އަރުސާއެވެ.
މިއީ މި މުބާރާތުގައި މަގޫދޫއަށް ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބީއެކެވެ.
މި މުބާރާތުގެ ފައިނަލް މެޗު ރޭގައި ކުޅެފައިވާއިރު، ފައިނަލުގައި ފޮއްދޫ އެސް.ސީއާ ވާދަކޮށް، ވެލިދޫ އެސް.ސީ ވަނީ ޗެންޕިއަންކަން ހޯދައިފައެވެ. “ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީ ޓޯނަމެންޓު 2026”ގެ ފިރިހެން ޑިވިޜަންގެ މެޗުތަށް ފެށޭނީ 2026 މެއި 2ގައެވެ.
އިޝްތާރާ
ލިޔުމަށް ޚިޔާލު ހުށަހެޅުން