Loading…
ޚަބަރު

ފޮނަދޫ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފި

ފޮނަދޫ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފި

އެކިއެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ލ. ފޮނަދޫ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފިކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ބަނގުރާ ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގެ ދަށުން އެކަމަށް ޓަކައި އެކުލަވައިލި ކޮމެޓީގެ ބެލުމުގެ ދަށުންނެވެ.

ފުލުހުން ވިދާޅުވި ގޮތުގައި އިއްޔެ ނައްތާލާފައިވަނީ 11 ފުޅި ބަނގުރަލާއި 69 ދަޅު ބަނގުރަލެވެ.

މި ތަކެއްޗަކީ 2026 ޖަނަވަރީ 26އިން ފެށިގެން އެޕްރީލް 13ވަނަ ދުވަހާ ހަމައަށް ކައްދޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން، އެއާޕޯޓުގެ އޭވިއޭޝަން ސެކިޔުރިޓީން ހިފަހައްޓައި ފުލުހުންނަށް ހަވާލުކޮށްފައިވާ ތަކެއްޗެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.