Loading…
ކުޅިވަރު

ފަޚުރުވެރި މޮޅަކުން ބާސާ ސްޕެނިޝް ލީގު ކާމިޔާބުކޮށްފި

ފަޚުރުވެރި މޮޅަކުން ބާސާ ސްޕެނިޝް ލީގު ކާމިޔާބުކޮށްފި

ސްޕެނިޝް ލީގު، އެލް ކްލެސިކޯ- ބާސެލޯނާއާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ބާސާއިން ލީގުގެ ތަށި ކަށަވަރުކޮށްފިއެވެ.

ބާސާއިން މެޗު ކާމިޔާބުކުރީ 2-0އިންނެވެ.

މުޅި މެޗު އެއްކޮށް ކަހަލަ ގޮތަކަށް ބާސާއިން ދިޔައީ ޑޮމިނޭޓުކުރަމުންނެވެ. މެޗުގެ ފުރަތަމަ ލަނޑު ބާސާއަށް ކާމިޔާބުކޮށްދިނީ 9ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ކައިރިން ލިބުނު ހިލޭ ޖެހުމަކުން މާކަސް ރަޝްފޯޑެވެ. އަދި 18ވަނަ މިނެޓުގައި ފެރާން ޓޮރެސް ވަނީ ބާސާއަށް ދެވަނަ ލަނޑު ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ.

މެޗުގެ ދެވަނަ ހާފުގައި ވަނީ ރެއާލް މެޑްރިޑަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުޞަޠުތަކެއް ލިބިފައެވެ. އަދި ބެލިންގހަމަށް ލިބުނު ފުރުޞަޠުގައި ވަނީ ލަނޑެއް ކާމިޔާބު ވެސް ކޮށްފައެވެ. ނަމަވެސް ރެފްރީ ނިންމީ އެއީ އޮފްސައިޑު ލަނޑެއް ކަމަށެވެ.

ސްޕެނިޝް ލީގުގެ ތާރީޚުގައި ވެސް މިހާތަނަށް އެލް ކްލެސިކޯގެ މެޗެއްގެ ނަތީޖާއަށް ބިނާވެ ލީގު ޗެމްޕިއަންކަން ހޯދި އެއްވެސް ޓީމެއް ނެތެވެ. ނަމަވެސް އެ ތާރީޚު ބަދަލުކޮށްލާ ބާސެލޯނާއިން މިވަނީ އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑް ރޮއްވާލައިފައެވެ. މިއީ ބާސެލޯނާއިން ސްޕެނިޝް ލީގު ކާމިޔާބުކުރި 29ވަނަ ފަހަރެވެ.

ރެއާލް މެޑްރިޑުން މިފަހަރުގެ ސީޒަން ނިންމާލަން މި ޖެހުނީ އެއްވެސް މުބާރާތެއްގެ ކާމިޔާބީއާ ހަމައަށް ވާޞިލުނުވެވިއެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.