Loading…
ކުޅިވަރު

14 ޕޮއިންޓަށް ފަރަޤު ބޮޑުކޮށް، ބާސާއިން ލީގު ހޯދުމާ ގާތަށް!

14 ޕޮއިންޓަށް ފަރަޤު ބޮޑުކޮށް، ބާސާއިން ލީގު ހޯދުމާ ގާތަށް!

ސްޕެނިޝް ލީގުގައި ބާސެލޯނާއާއި އޮސަސޫނާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް، ލީގުގެ ޗެމްޕިއަންކަން ހޯދުމުގެ ފުރުޞަޠު ބޮޑުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެރޭ ބާސެލޯނާއާއި އޮސަސޫނާ ބައްދަލުކުރި މެޗު ނިމިގެންދިޔައީ 2-1ގެ ނަތީޖާއަކުން ބާސެލޯނާއިން މެޗު ކާމިޔާބުކޮށްގެންނެވެ.

May be an image of football and text that says 'u LA LIGA 1 P P PTS BARCELONA 2 34 88 REAL MADRID 33 74'

މެޗުގެ ފުރަތަމަ ހާފު ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި ދިޔުމަށްފަހު، މެޗުގައި ފެނުނު 3 ލަނޑު ވެސް ފެނިގެންދިޔައީ 80 މިނެޓު ކުޅެ ނިމުނު ފަހުންނެވެ. އެގޮތުން 81ވަނަ މިނެޓުގައި ރޮބަރޓް ލެވަންޑޯސްކީ ވަނީ ބާސާއަށް ލީޑު ނަގައިދީފައެވެ. އެއަށްފަހު ގިނައިރުތަކެއްނުވެ 86ވަނަ މިނެޓުގައި ފެރާން ޓޮރެސްގެ ލަނޑަކުން ބާސާއިން ވަނީ ލީޑު ފުޅާކޮށްފައެވެ. ނަމަވެސް އޮސަސޫނާއިން ވަނީ 89ވަނަ މިނެޓުގައި ސުމެއް ކަނޑުވާލައި 2-1އަށް ނަތީޖާ ބަދަލުކޮށްފައެވެ.

ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި ބާސެލޯނާ އޮތްއިރު ދެވަނައިގައި އޮތީ ރެއާލް މެޑްރިޑެވެ. ނަމަވެސް ޕޮއިންޓުގެ ތަފާތަށް ބަލާއިރު ލީގުގެ ޗެމްޕިއަންކަމާ ހަމައަށް ވާޞިލުވާން ރެއާލަށް ދެން ވަރަށް އުނދަގޫވާނެއެވެ. އެންމެފަހުގެ ޗެމްޕިއަން ބާސެލޯނާއަށް މި ތަށި ލިބުން ހުއްޓުވުމަށް ރެއާލުން މިރޭ އެސްޕާނިޔޯލް ބަލިކުރަން މަޖުބޫރުވާނެއެވެ. ބާސެލޯނާ ހިފެހެއްޓުމުގެ ހަނި ނަމަވެސް ފުރުޞަޠެއް ރެއާލަށް ލިބެން އޮތީ ކުރިއަށް ބާކީ ހުރި މެޗުތަކުން މޮޅުވެގެންނެވެ.

މިވަޤުތު ބާސާ އޮތީ 88 ޕޮއިންޓާއެކު އެއްވަނައިގައެވެ. އަދި ދެވަނައިގައި 74 ޕޮއިންޓާއެކު ރެއާލް މެޑްރިޑު އޮތްއިރު ތިންވަނައިގައި އޮތީ 68 ޕޮއިންޓާއެކު ވިލަރެއަލްއެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.