Loading…
ރާއްޖެ

ހުޅުމީދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

ހުޅުމީދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީ ހުޅުމީދޫ ގެއެއްގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން ހާމަކުރި ގޮތުގައި، ހުޅުމީދޫ ހެލްތު ސެންޓަރަށް ގެނައި މީހަކަށް ބޮޑު އަނިޔާއެއް ވެފައިވާ މައްސަލަ ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރުފަހު 13:50 އެހައިކަންހާއިރުއެވެ. މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި ހަމަލާއަކީ މަސްތުވާތަކެތީގެ މުއާމަލާތަކާ ގުޅިގެން އުފެދުނު ދެބަސްވުމެއްގެ ތެރެއިން ހިނގި މާރާމާރީއެއް ކަމަށް ބެލެވެއެވެ.

މި މާރާމާރީގައި އަނިޔާވީ އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. ފުލުހުން ބުނީ ،އޭނާ އަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން 44 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި، މި މާރާމާރީ ހިނގާފައިވަނީ ހުޅުމީދޫ ގެއެެއްގެ ތެރޭގައި ކަަމަށެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެެވެ.

އައްޑޫ ސިޓީގެ ރަށްތަކުގައި މަސްތުވާތަކެތީގެ މައްސަލަތައް އިތުރުވަމުންދާތީ، އެކަމާ ގުޅިގެން ހިނގާ މާރާމާރީތައް ހުއްޓުވުމަށް ފުލުހުން ދަނީ ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.ހުޅުމީދޫގައި މީގެ ކުރިންވެސް މަސްތުވާތަކެތީގެ މުއާމަލާތްތަކާ ގުޅިގެން ގުރޫޕް މާރާމާރީތަކާއި ނުރައްކާތެރި ހަމަލާތައް ހިނގާފައިވާކަން ފާހަގަކުރެވެއެވެ.ކުށްކުރާ މިންވަރު މަދުކުރުމަށްޓަކައި ރަށްރަށުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް، ކުށްވެރިންނަށް ގާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.