Loading…
ޚަބަރު

ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނަށް ބައިވެރިން ކިހާދުއަށް ފުރައިފި

ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނަށް ބައިވެރިން ކިހާދުއަށް ފުރައިފި

ޒުވާނުން ބިނާކުރުމަށް ސަރުކާރުން ފައްޓަވާފައިވާ "ދިވެހި ވަޠަނީ ޚިދުމަތް" ޕްރޮގްރާމްގެ ދެވަނަ ބެޗް ނިންމި ޒުވާނުންގެ ތެރެއިން، ފަންނީ ތަމްރީނުތައް ފުރިހަމަކުރުމަށް ކުރިމަތިލީ 77 ބައިވެރިއަކު ބ. ކިހާދޫއަށް ފުރައިފިއެވެ.

މި ބައިވެރިން ތަމްރީނު ހާސިލްކުރުމަށް ހަމަޖެހިފައިވަނީ،ކިހާދޫގައި ގާއިމުކޮށްފައިވާ އެމް.އެން.ޑީ.އެފްގެ "ސްކޫލް އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސް" ގައެވެ.

މި ތަމްރީނުގައި ބައިވެރިވަނީ ރާއްޖޭގެ 17 އަތޮޅެއްގެ 50 ރަށަކަށް ނިސްބަތްވާ، އުމުރުން 16 އަހަރާއި 19 އަހަރާ ދެމެދުގެ ޒުވާނުންނެވެ. މިއީ ދިވެހި ވަޠަނީ ޚިދުމަތް ޕްރޮގްރާމްގެ ދެވަނަ ބުރު ފުރިހަމަކުރި 343 ކުދިންގެ ތެރެއިން، އަމިއްލައަށް އިސްނަގައިގެން ފަންނީ ދާއިރާތަކުން ކުރިއަށްދާން ކުރިމަތިލީ ކުދިންނެވެ. މި ޕްރޮގްރާމްގެ ދަށުން މި ޒުވާނުންނަށް ތަފާތު 6 ފަންނީ ދާއިރާއަކުން ތަމްރީނާއި ތަޢުލީމު ފުރިހަމަކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

މި ޕްރޮގްރާމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، ގައުމާއި ދީނަށް ލޯބިކުރާ، ހުނަރުވެރި ޒުވާން ޖީލެއް ބިނާކުރުމަކީ ބޮޑެތި އުމްރާނީ މަސައްކަތްތަކަށްވުރެވެސް ސަރުކާރުން އިސްކަންދޭ މުހިންމު ކަމެއް ކަމަށެވެ. މި ތަމްރީނު ނިމޭއިރު އުފެދިގެންދާނީ އަމިއްލަ ނަފުސަށް އިތުބާރުކުރާ، އަދި ގައުމަށް ބޭނުންތެރި ބާރުވެރި ޒުވާނުންތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.

މި ޕްރޮގްރާމްގެ ބައިވެރިންނާ ޗީފް އޮފް ޑީފެންސް ފޯސް ވަނީ ބައްދަލުކުރައްވާފައެވެ،، ޗީފް އޮފް ޑިފެންސް ފޯސް ވަނީ ތަމްރީނުގެ ބައިވެރިންނަށް މަރުޙަބާ ދަންނަވައި، ކުރިއަށް ދިއުމަށް ޓަކައި މި ލިބުނު ތަމްރީނުގެ ފުރުޞަތުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުމަށް ނަސޭހަތްތެރިވެވަޑައިގަންނަވައިފައެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.