މިލިއަން ރުފިޔާގެ ޑްރަގް އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފި
ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 1.8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެ، ފުލުހުންނާ ހަވާލުކޮށްފިއެވެ.
ކަސްޓަމަސް އިން ބުނީ މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހު އަތުލައިގަތް 941 ގްރާމްގެ މިތަކެތި ތަހުލީލު ކުރިއިރު، އެއީ މެތަމްފެޓަމިން ކަން ވަނީ ކަށަވަރުވެފައިކަމަށެެވެ. މެތަމްފެޓަމިން އަކީ ސިކުނޑިއާއި ނާާރީ ނިޒާމުގެ މަސައްކަތް ވަރަށް ބޮޑަށް އަވަސްކޮށްދޭ، ދެވިހިފާ ބާރުގަދަ މަސްތުވާތަކެތީގެ ބާވަތެކެވެ.މި މާއްދާއަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކުން މަނާކޮށްފައިވާ، އަދި ބޭނުންކުރުމާއި ވިޔަފާރިކުރުމަށް ބޮޑެތި އަދަބުތައް ކަނޑައެޅިފައިވާ ޖަދުވަލު 1 ގެ މަސްތުވާއެއްޗެކެވެ.
ރާއްޖޭގެ ބޯޑަރުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމުގެ ގޮތުން، ވައިގެމަގުން އެތެރެކުރާ މުދާ ކުރިން ރެންޑަމްކޮށް ޗެކްކުރި ކުރުން ބަދަލުކޮށް، މިހާރު ހުރިހާ ޕެކޭޖެއް 100 އިންސައްތަ ސްކްރީން ކުރަން ކަސްޓަމްސް އިން ވަނީ ފަށާފައެވެ.
އިޝްތާރާ
ލިޔުމަށް ޚިޔާލު ހުށަހެޅުން