Loading…
ޚަބަރު

ލޯންޗު ބަންޑުން ޖަހާލުން: މީހުން ސަލާމަތްކުރީ ހިމަންދޫ މީހުން ، ފުލުހުންނެއް ނޫން

ލޯންޗު ބަންޑުން ޖަހާލުން: މީހުން ސަލާމަތްކުރީ ހިމަންދޫ މީހުން ، ފުލުހުންނެއް ނޫން

އއ. ހިމަންދޫ ލޯންޗެއް ދަތުރުކުރަމުން ދަނިކޮށް ބަންޑުން ޖަހާލައިގެން އެ ލޯންޗުގައި ތިބި މީހުން ސަލާމާތްކުރީ ފުލުހުން ނޫން ކަމަށާއި، ލޯންޗުގައި ތިބި މީހުން ސަލާމާތްކުރީ ހިމަންދޫގެ ބަޔަކު ކަމަށް އެރަށު މީހުން މައުލޫމާތު ދީފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި، އީދު ޝޯ ބަލަން ރިސޯޓެއްގެ މުވައްޒަފުންތަކެއް ކުރި މި ދަތުރުގައި ލޯންޗު ބަންޑުން ޖަހާލީ، ދަންވަރު ދަތުރުކުރަނިކޮށް އަޑިން ފަޅައިގެން ގޮސް ބޮޑަށް ދިޔަވުމުގެ ސަބަބުންނެވެ. އެ ލޯންޗުގައި 20 އަށް ވުރެ ގިނަ ފަސިންޖަރުން ތިބި ކަމަށް އެވަގުތު ލޯންޗުގައި ތިބި މީހުން ސަލާމަތްކުރުމުގައި އުޅުނު ހިމަންދޫ ރައްޔިތަކު މައުލޫމާތު ދިނެވެ. އޭނަ ބުނީ، މީހުން ސަލަމާތްކުރީ އަމިއްލަ ލޯންޗުގައި ގޮސް ކަފު ޖަހައިގެން ކަމަށެވެ.

މީހުން ސަލާމަތްކުރީ ފުލުހުންނާއި އެމްއެންޑިީއެފް އިން ނޫންކަމަށް އޭނާ ވަނީ މައުލޫމާތު ދީފައެވެ.

ފުލުހުން މީޑިއާތަކަށް މައުލޫމާތު ދިން ގޮތުން ނަމަ، ފުލުހުންނާއި އެމްއެންޑީއެފް އިން ވަނީ ހާދިސާއަށް ވަގުތުން އެޓެންޑްވެފައެވެ. އެހެންނަމަވެސް، ހިމަންދޫ ރައްޔިތުން ވަނީ މިކަން ދޮުކޮށް ސޯޝަލް މީޑިއާގައި ވެސް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.