Loading…
ރާއްޖެ

ހިތަދޫއިން މަސް ހިފަން ފޭބި ޒުވާނަކު މަރުވެއްޖެ

ހިތަދޫއިން މަސް ހިފަން ފޭބި ޒުވާނަކު މަރުވެއްޖެ

ލ. ހިތަދޫ އިން މަސް ހިފަން ފޭބި ޒުވާނަކު މަރުވެއްޖެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި، މަސް ހިފަން ގޮސް އުޅެނިކޮށް މަރުވީ، 21 އަހަރުގެ ޒުވާން ފިރިހެން ކުއްޖެކެވެ. މަސް ހިފަން ދިޔައީ ދެމީހުންނެވެ. އެއީ 18 އަހަރު ދަށުގެ ކުޑަ ފިރިހެން ކުއްޖަކާއި މަރުވި ޒުވާނާއެެވެ.

21 އަހަރުގެ ޒުވާނާ މަރުވީ މަހަކަށް ބަޑި ޖަހައިގެން، ބަޑީގެ އިން ރޮދި އަތުގައި އޮޅިގެން މައްޗަށް ނާރައި ގިނައިރު ވުމުން ކަމަށް މައުލޫމާތު ލިބެއެވެ. އެކީގައި، މަސް ހިފަން ދިޔަ ކުއްޖާ، ރަށު މީހުންނަށް މައުލޫމާތު ދީގެން އެ ސަރަހައްދަށް ދިޔައިރު އެ ޒުވާނާ އޮތީ މަރުވެފައެވެ. މަައުލޫމާތު ލިބޭގޮތުގައި، މަރުވި ޒުވާނާ މޫދުން ނެގީ، ރޮއްޖަށް ދަމާ ނުނެގިގެން،ވަޅިއަކުން އެ ކަފާލައިގެންނެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.