Loading…
ރާއްޖެ

މާދަމާ އަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް: ރައީސް މައުމޫން

މާދަމާ އަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް: ރައީސް މައުމޫން

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް

މާދަމާ އަކީ މިއަހަރުގެ ފުރަތަމަ ރޯދަ ދުވަސް ކަމަށާއި މިރޭ ހަނދު ފެންނާނެ ކަމަށް ފަލަކީ އިލްމުވެރިޔާ އަދި ކުރީގެ ރައީސް މަައުމޫން އަބްދުލް ޤައްޔޫމް ވިދާލޫވެއްޖެއެވެ.

މައުމޫން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓުގައި ވިދާޅުވީ، ފަލަކީ ހިސާބުތައް ދައްކާ ގޮތުން މާދަމާއަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމަށެވެ. އަދި މިރޭ ހަނދު ފެންނާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.މައުމޫން ވަނީ ، ދުނިޔޭގެ ހުރިހާ ރަމަޟާން މަހުގެ ހެޔޮ އެދުންތައް ފޮނުވާފައެވެ.

ހަނދު ސާބިތުކުރުމަށް  އިސްލާމިކް މިނިސްޓްރީއިން ބާއްވާ ބައްދަލުވުން އޮތީ މިރޭގައެވެ.

ފަލަކީ އިލްމުވެރިންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މާލޭއަށް މިއަދު އިރުއޮއްސޭއިރު، ހަނދު ފެންމައްޗަކު ނުހުންނާނެ އެވެ. އެހެންނަމަވެސް،  އައްޑޫ އަތޮޅަށް އިރު އޮއްސޭއިރު މިނެޓަކަށް ވުރެ ކުޑަ އިރުކޮޅަކު ހަނދު ފެންމަތީ ހުންނާނެ ކަމަށް ފަލަކީ އިލްމުވެރިން ބުނެއެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.