Loading…
ޚަބަރު

މެދުއިރުމަތީގެ ޤައުމުތަކުގައި ތިބި ދަރިވަރުންގެ ޙާލަތު ގާތުން ދަނީ ބަލަމުން: މަތީ ތައުލީމާ ބެހޭ ވުޒާރާ

މެދުއިރުމަތީގެ ޤައުމުތަކުގައި ތިބި ދަރިވަރުންގެ ޙާލަތު ގާތުން ދަނީ ބަލަމުން: މަތީ ތައުލީމާ ބެހޭ ވުޒާރާ

ރާއްޖެއިން ބޭރުގައި ތިބި ދަރިވަރުންގެ ޙާލަތު ގާތުން ބަލަމުންދާކަމަށާއި ދަރިވަރުންގެ ސަލާމަތާ ރައްކާތަރެރިކަން ކަށަވަރުކުރުމަށް އެޅެންހުރި ހުރިހައި ފިޔަވަޅުތަކެއް އަޅާނެކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ބުނީ މެދުއިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން، އެ ސަރަޙައްދުގެ ޤައުމުތަކުގައި ކިޔަވަމުންދާ ދިވެހި އެއްވެސް ދަރިވަރަކަށް އޭގެ އަސަރު ކުރޭތޯ ބަލަމުންދާކަމަށެވެ.

ދަރިވަރުންގެ ސަލާމަތާ ރައްކާތެރިކަމަށް އެޅެންހުރި ހުރިހައި ފިޔަވަޅުތައް އަޅަމުންދާކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ބުނެއެވެ. ދަރިވަރުންގެ ޙާލަތު ގާތުން ބަލަމުންދާކަމަށާއި އަދި ކަމާގުޅޭ އިދާރާތަކާ ގުޅިގެން އެ ސަރަޙައްދުގެ މަޝްރަޙައް އަންނަމުންދާ ބަދަލުތަކާއި ގުޅޭގޮތުން ކުރަންޖެހޭ މުޢާމަލާތްތައް މެދުކެނޑުމެއްނެތި ކުރިއަށްދާކަމަށްވެސް ބުންޏެވެ.

އެގޮތުން ކަމާގުޅޭ އެކި އިދާރާތަކާއި ޑިޕްލޮމެޓިކް މިޝަންތަކާއި ތައުލީމުދޭ މަރުކަޒުތަކާއި ގުޅިގެން، ހާލަތުގެ މަޢުލޫމާތު އޮޅުންފިލުވާ ފޯރުކޮށްދެމުންދާކަމަށްވެސް ބުނެފައިވެއެވެ. އެ ވުޒާރާއިން ބުނީ މި ނާޒުކު ދަނޑިވަޅުގައިވެސް، ދަރިވަރުންގެ ދަރިވަރުންގެ ސަލާމަތާ ރައްކާތެރިކަމަށް އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެކަމަށެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.