Loading…
ދީން

ރޯދައިގެ މާތްކަން

ރޯދައިގެ މާތްކަން

ރަމަޟާން މަހުގެ ރޯދަ ހިފުމަކީ އިސްލާމުދީނުގެ 5 ވަނަ ރުކުނެވެ. މިއީ ރަމަޟާން މަހު ފަތިސްނަމާދުން ފެށިގެން އިރުއޮއްސުމާ ހަމައަށް، އަޅުކަމުގެ ނިޔަތުގައި ކެއިންބުއިމާއި ދުރުވެގެން ހުރުމެވެ.

މިއީ ނަފުސު ޠާޙިރުކޮށް، ތަޤުވާވެރިކަން އިތުރުކުރުމާއި، މާތް الله ސުބްޙާނަހޫ ވަތަޢާލާއަށް ކުއްތަންވުމަށްޓަކައި ކުރެވޭ ވަރަށް މަތިވެރި އަޅުކަމެކެވެ.

ރޯދައިގެ މަތިވެރި އަޅުކަމާއި އެއްފަދަ އެހެން އަޅުކަމެއް ނުވެއެވެ. ސޫރަތުލް ބަޤަރާ ސޫރަތުގެ 2:185 އާޔަތުގެ މާނަަައިގައިވެއެވެ.

“ރަމަޟާން މަހަކީ، އެމަހެއްގައި ޤުރްއާން ބާވައިލެއްވި މަހެވެ. (އެ ޤުރްއާން ބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި ހިދާޔަތާއި ޙައްޤާއި ބާޠިލު ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެ މައްސަރުގައި ޙާޟިރުވެ ހުރެއްޖެމީހާ، އެ މަހުގެ ރޯދަ ހިފާހުށި ކަމެވެ! އަދި ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، (އެ މައްސަރުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެންދުވަސްތަކަކުން އެ ޢަދަދު ހަމަކުރުން ހުށްޓެވެ. ﷲ، ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތް އިރާދަކުރައްވަތެވެ. އަދި ދަތި އުނދަގޫގޮތް ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ. (މިކަންތައްތައް މިގޮތަށް ކަނޑައަޅުއްވާފައިވަނީ) ތިޔަބައިމީހުން އެ މައްސަރުގެ ދުވަސްތަކުގެ ޢަދަދު ފުރިހަމަ ކުރުމަށްޓަކައެވެ. އަދި ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަން މައްޗަށް އަށް ތަކްބީރު ކިޔައި އުޅުމަށްޓަކައެވެ. އަދި ތިޔަބައިމީހުން (އެކަލާނގެއަށް) ޝުކުރުވެރި ވުމަށްޓަކައެވެ.”

މީގެއިތުރުން، الله ސުބްހާނަހު ވަތަޢާލާ އެ އިލާހަށް ރޯދައިގެ އަޖުރު ހާއްސަކޮށް ވަނީ ނިސްބަތްކުރައްވާފައެވެ.  ރޯދަވެރިޔާ 3 ބާވަތެއްގެ ކެތްތެރިކަމެއް ތަހައްމަލު ކުރެއެވެ. އެއީ؛

  • ގެ އަމުރުތަކަށް ކިޔަމަންވުމުގައި ކެތްތެރި ވުން

  • ގެ ނަހީތަކުން ދުރުހެލިވުމުގައި ކެތްތެރިވުން

  • ދިރިއުޅުމުގައި ދިމާވާ ދަތި އުނދަގޫ ތަކަށް ކެތްތެރިވުން

ހަމަމިއާެކު، ޤިޔާމަތްދުވަހު ރޯދަވެރިޔާއަށް ރޯދަ ޝަފާޢަތްތެރިވެއެވެ. މާނައަކީ، ޤިޔާމަތް ދުވަހު ރޯދަވެރިޔާގެ މައްޗަށް ރޯދަ ވާގިވެރިވެ، އޭނާ ސަލާމަތްކޮށްދޭން އެދޭނެއެވެ. މިއީ ރޯދައިގެ މަތިވެރިކަން ސާބިތުކޮށްދޭ، އެންމެ ބޮޑު އެއް އަލާމާތެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.