ކާށިދޫ ކުރުހިންނަ ތަރާގަނޑު
ކުރުހިންނަތަރާގަނޑަކީ ކ.ކާށިދޫ، ދިވެހިރާއްޖޭގެއި އޮތް އާޘާރީ ބިމެކެވެ. މިބިމަކީ ރާއްޖެ އިސްލާމް ވުމުގެ ކުރިން ބުޑިސްޓުން އެކަހެރިވާން ބޭނުންކޮށްފައިވާ ބިމެކެވެ. މީލާދީން 7ވަނަ ޤަރުނާ 8 ވަނަ ޤަރުނާ ދޭތެރޭގެ ތާރީހަކަށް ނިސްބަތް ކުރެވިފައިވާ މިބިން ކޮނުމުގެ މަސަތްކަތް ކުރިއަށް ގޮސްފައިވަނީ 1996 - 1998ގެ ތެރޭގައެވެ. މިމަސަތްކަތުން 1880 އަކަމީޓަރުގެ ބިން ކޮނެ، މުރަކަގަލުން ހަދާފައިވާ 64 ބިނާއެއް ހާމަ ކުރެވިފައިވެއެވެ. މިތަނުގައި ބޮޑަށް ރައްކައު ކުރެވިފައިވަނީ ކޮންމެ ބިނާއެއްގެވެސް ބުޑެވެ.
ޒިދާން މުޙައްމަދު